Last Updated: May 6, 06:06
Monday, May 6, 2024
ޚަބަރު

ކަރަންޓު ހުއްދައިގެ މައުލޫމާތު އާކުރުމުގެ މުއްދަތު އިތުރުކޮށްފި

ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނު ގޭގައި މުވައްޒަފަކު ހަރަކާތްތެރި ވަނީ. ފޮޓޯ/ ފެނަކަ

ކަރަންޓު މަސަތްކަތް ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ މައުލޫމާތު އައު ކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނީ ކަރަންޓް މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކުގެ މައުލޫމާތު އައު ކުރުމުގެ މުއްދަތު އިތުރުކުރީ މި ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރުމަށް ނިންމާފައިވާތީ ކަމަށެވެ. އެހެންވެ ކަރަންޓު މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ މައުލޫމާތު އައު ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑި މި މަހުގެ 30 ގެ މެންދުރު ފަހު 2:00 އަށް އިތުރުކޮށްފައިވާ ކަމަށް ބުންޏެވެ.

އެހެންކަމުން މި މަހުގެ 15 ގެ ކުރިން ކަރަންޓު މަސައްކަތް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން އޮތޯރިޓީގެ ވެބްސައިޓްގައިވާ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތި އޮތޯރިޓީގެ އީމެއިލަށް ސުންގަނޑި ހަމަވުމުގެ ކުރިން ހުށަހެޅުމަށް އެދިފައިވެ އެވެ.