Last Updated: April 29, 00:08
Sunday, April 28, 2024
މުނިފޫހިފިލުވުން

އާލިއާގެ ފިލްމު ވިލަންއަކަށް ބޮބީ

އާލިއާ ބަޓާއި ޝަރުވާރީ ވާގް ހިމަނައިގެން ހަދަން ނިންމާފައިވާ ޔާޝްރާޖްސް ފިލްމްސް ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ އަންހެން ފިލްމުގެ ވިލަން އަކީ ބޮބީ ޑިއޯލް ކަމަށް ރިޕޯޓްތައް ބުނެފި އެެވެ.

ޕިންކްވިލާ އިން ބުނީ އަދި ރަސްމީކޮށް އަދި އިއުލާން ނުކުރާ މި ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށަން ތާވަލުކޮށްފައިވާ އިރު، ފިލްމުގެ އިތުރު ރޯލުތަކަށް ކާސްޓުން ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި މި ފިލްމު ވާނީ އާލިއާގެ ފިލްމެއްގައި ބޮބީ މަސައްކަތްކުރާ ފުރަތަމަ ފަހަރުގެ އިތުރުން ވައިއާރްއެފްގެ ފިލްމެއް ވެސް މި ދެ ތަރިން ކުޅޭ ފުރަތަމަ ފަހަރަށެވެ.

ބޮބީ އަކީ އާލިއާގެ ފިރިމީހާ ރަންބީރް ކަޕޫރްގެ އެންމެ ފަހުގެ ފިލްމު އަދި މިދިޔަ އަހަރުގެ އެންމެ ބޮޑި ހިޓްތަކުގެ ތެރޭގައި ހިމެނޭ "އެނިމަލް" ގެ ވެސް ވިލަން އެވެ. އެ އެފިލްމުގައި އޭނަ ކުޅުނު "މިއުޓް" އެކަމަކު ކުރު އަދި ނުރައްކާތެރި ކެރެކްޓާ އަބްރާރު ހައްގުއާ އެކީ ބޮބީގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާލިއާ އާއި ޝަރުވާރީ ވަރުގަދަ އެކްޝަން ރޯލުތަކުން ފެންނާނެ ފިލްމުގެ ޑައިރެކްޓަރަކީ ޝިވް ރަވައިލް އެވެ. އޭނަ އަކީ ދާދި ފަހުން ވައިއާރްއެފުން ގެނެސްދިން ވެބް ސީރީޒް "ދަ ރެއިލްވޭމެން" ގެ ޑައިރެކްޓަރެވެ.