Last Updated: April 27, 20:44
Saturday, April 27, 2024
ޚަބަރު

ރައީސް މުއިއްޒާ އެކީ ގައުމަށް އޮތީ ބިރުވެރިކަން

މިއަދު ދީނީ އަގީދާ އަކީ ދޮގު ހެދުމާއި ޗާލާކީވުމާއި މަައްކާރު ވާހަކަތައް ދެއްކުން ކަމަށްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީ ގައުމަށް އޮތީ ބިރުވެރިކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ވެރިކަމަށް ވަޑައިގަތް ފަހުން ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ޖަމީލު މިިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނުގެ ޙަޔާތުގެ އެންމެ ބޮޑު މަގާމު ހޯދީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީޢަތް ވިއްކައިގެން ކަމަށެވެ.

"މިއަދު ދީނީ އަގީދާ އަކީ ދޮގުހެދުމާ، ޗާލާކީވުމާ މަައްކާރު ވާހަކަތައް ކަމަށް ހީވާން ފަށައިފި. ރ. ޔާމީނަށް އިޙްސާންތެރިކަމުގެ ބަދަލު ޑރ. މުއިއްޒު ދެއްވިގޮތް މިއޮތީ ފެންނަން،" ޖަމީލު ވިދާޅުވި އެވެ. "ދެން ރައްޔިތުންނަށް މަކަރު ހަދާނެ ގޮތް އިޙްސާސްކޮށްލަައްވާ؟"

އޭނަ ވިދާޅުވީ ރައީސް މުއިއްޒު ފަދަ ވެރިޔަކު ޖަވާބުދާރީ ކުރެވޭނީ މަޖިލީހުގައި ސަރުކާރު ނޫން ގިނަ މެމްބަރުން ތިބެގެން ކަމަށެވެ.

"(އެހެންވެ] އިލްތިމާސަކީ ދީނީ ވާޖިބެއް ގޮތަށް މިއަދު މިކަމާ އުޅުން. މުއިއްޒާ އެކު ގައުމަށް އޮތީ ބިރުވެރި ދުވަސްތަކެއް." ޖަމީލު ވިދާޅުވި އެވެ.

ސަރުކާރުން އަންނަނީ އަންނަ މަހު ބާއްވާ 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދަން މަސައްކަތް ކުރަމުންނެވެ.