Last Updated: April 29, 00:08
Monday, April 29, 2024
ޚަބަރު

އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

މާލޭގެ މަގުމަތީގައި ބަޔަކު ވެހިކަލްތަކެއްގައި: ފޮޓޯ /ސަން

ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މާލޭސިޓީ ކައުންސިލުން މަނާކޮށްފިއެވެ.

މިއަދު ކުރިއަށްގެންދިޔަ މާލެސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވަނީ، އީދު ދުވަހުގެ ހަވީރު 4-6 އަށް ވެހިކަލް ދުއްވުން މަނާކުރުމަށެވެ.

ސިޓީ ކައުންސިލުން މިގޮތަށް ނިިންމާފައިވަނީ، އީދު ދުވަސް ފާހަގަކުރަން އެކި ހަރަކާތްތައް ބާއްވާތީ އެ ދުވަހުގެ ހަވީރު ހަމައެކަނި ފައިމަގުގައި އުޅެވޭ ގޮތަށް ހަމަޖައްސައި ދިނުމަށް ދިވެހި ބަހާއި ތާރީހާ ބެހޭ މިނިސްޓްރީން އެދިފައި އޮތުމުންނެވެ.

އާންމުގޮތެއްގައި އީދު ދުވަސްތަކުގެ ހަވީރަކީ މާލޭގައި ހަމައެކަނި ފައިމަގުގައި އުޅެވޭ ވަގުތެއްކަމުގައި ކަނޑައަޅައެވެ.