Last Updated: June 12, 17:57
Friday, June 12, 2026
ކުޅިވަރު

ރައީސް ގައުމީ ބާސްކެޓް ޓީމަށް ހިތްވަރު ދެއްވައިފި

މި މަހު 17 ވަނަ ދުވަހު ބަންގްލަދޭޝްގެ ޑާކާގައި ފެށުމަށް ހަމަޖެހިފައިވާ ދެވަނަ ސައުތު އޭޝިއަން ބާސްކެޓް ބޯލް ޗެމްޕިއަންޝިޕް މުބާރާތުގައި ބައިވެރިވާ ޤައުމީ ޓީމާ ރައީސް ޑރ. މުހައްމަދު ވަޙީދު މިއަދު ހަވީރު ބައްދަލުކުރައްވައި، ޓީމަށް ހިތްވަރު ދެއްވައިފި އެވެ.

މުލީއާ ގޭގައި ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އަށް ރަނގަޅު ކާމިޔާބީއެއް ހޯދައި ދިނުމަށް ހުރިހާ ކުޅުންތެރިން ވެސް މަސައްކަތް ކުރުމަށް އެދިވަޑައިގެން ހިތްވަރު ދެއްވި އެވެ.
އަދި ރާއްޖޭގައި ބާސްކެޓް ބޯޅަ ކުރިއެރުވުމަށްޓަކައި ސަރުކާރުން ވެވަޑައިގެންނެވި މިންވަރަކުން މަސައްކަތްކޮށް ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ސްޕޮންސަކޮށްފަައިވާ ޤައުމީ ބާސްކެޓް ޓީމް ޑާކާ އަށް ފުރާނީ އަންގާރަ ދުވަހު ހެނދުނު އެވެ.