Last Updated: April 29, 22:11
Monday, April 29, 2024
ރިޕޯޓް

ރޯދަ ރަހަ: ސްޕައިސީ ދާލް

* ބޭނުންވާ ތަކެތި:

1 ޖޯޑު މުގު
2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
1 ފިޔާ (ކުދިކޮށް ކޮށާފައި)
¼ ޖޯޑު ހިކަނދިފަތް
2 ލޮނުމެދު (ކުދިކޮށް ކޮށާފައި)
2 ސައިސަމުސާ މުގުރި ދިރި
1 ސައިސަމުސާ ރީނދޫ
1 ސަމުސާ ލޮނު
1 މޭޒުމަތީ ސަމުސާ އަސޭމިރުސް
1 މޭޒުމަތީ ސަމުސާ ތެޅި މިރުސް
½ 2 ވެޖަޓަބަލް ސްޓޮކް
2 ޓޮމާޓޯ (ކޮށާފައި)
½ ޖޯޑު ކޮރިއަންޑާ ފަތް

* ތައްޔާރު ކުރާނެ ގޮތް:

ތާހެއް އުދުން މައްޗަށްލައި ތެޔޮކޮޅުއަޅައި މެދު ގިނީގައި ހޫނުކުރަން ޖައްސާށެވެ. ދެން ތެޔޮކޮޅު ހޫނުވުމުން އޭގެ ތެރެއަށް ފިޔާ، ހިކަނދިފަތް، ލޮނުމެދު އަޅައި 2 މިނެޓެއްހާ އިރު މީރުކޮށްލާށެވެ. ދެން މުގުރި ދިރި، ރީނދޫ، އަސޭމިރުސް އަދި ތެޅި މިރުސް އަޅައި ފިޔާކޮޅާއެކު މީރުކޮށްލާށެވެ. އަނެއްކާ ވެސް ދެ މިނެޓުވުމުން މުގުކޮޅުއަޅާ އެއްކޮށްލާށެވެ.
އެއަށް ފަހު އޭގެ ތެރެއަށް ވެޖެޓަބަލް ސްޓޮކް އަޅައި ބޮކިއަރަންދެން ކައްކާލާށެވެ. ދެން އުދުން މަޑު ގިންޔަށްލާފައި 15 މިނެޓު ވަންދެން ތާހުގެ މަތިޖަހާލައިގެން ކައްކާލާށެވެ. ފަނަރަ މިނެޓުވުމުން ކޮށާފައިވާ ޓޮމާޓޯކޮޅު އަޅާލައިގެން ފަސް ވަރަކަށް މިނެޓު ރިހަގަނޑު ކައްކާލާނީ އެވެ.

ކައްކައި ނިމުމުން މައްޗަށް ކޮށާފައި ހުރި ކޮރިއަންޑާ ފަތްކޮޅުއަޅާނީ އެވެ.