Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރަން ސޮއިކޮށްފި

އުތުރުތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއާއި (އެމެއައިޑީ)، އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް (އޭއީޒެޑް) ގާއިމްކުރުމަށް އެބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެކަމުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރު މާއޯ ބާއޯއެވެ.

އެމްއައިޑީން ބުނީ އެއްބަސްވުމުގެ ދަށުން ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށާއި އިގުތިސޯދު ސިންދަފާތުކުރުމަށާއި އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާ ކަމަށާއި އެކަމުގެ މައިގަނޑު ސަބަބަކީ އިމްޕޯޓުކުރާ ކާބޯތަކެއްޗަށް ގައުމު ބަރޯސާވެފައި އޮތް މިންވަރު ބޮޑުވުން ކަމަށެވެ.

ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ގާތްގަނޑަކަށް 90 ޕަސެންޓަކީ އިމްޕޯޓް ކޮށްފައިވާ ތަކެތި ކަމަށް އެމްއައިޑީން ބުންޏެވެ. ރާއްޖެއަށް އެހާ ވަރަށް ކާބޯތަކެތި އިތުރުކުރަން ޖެހެނީ ރާއްޖޭގެ އޮގްރަފިކަލް ލޭއައުޓާއި ދަނޑުވެރިކަން ކުރެވޭ ބިމުގެ ދަތިކަމުގެ ސަބަބުން ކަމަށެވެ.

ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއެކު ހެދި އެއްބަސްވުމުގެ ދަށުން އެ ދަތިތަކަށް ހައްލު ހޯދަން މަސައްކަތް ކުރާނެ ކަމަށް އެމްއައިޑީން ބުންޏެވެ.