އެމްޑީޕީން ބޮޑު އެއްްވުމެއް މާދަމާ އައްޑޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މި އެއްވުން އޮންނާނީ މާދަމާ ހަވީރު 4:00 ގައި ފޭދޫ ބަނދަރުމަތީގަ އެެވެ.
"އަނިޔާވެރިކަމާ ދެކޮޅަށް އައްޑޫ ބޮޑު އެއްްވުން" ގެ ނަމުގައި ބާއްވާ މި އެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އެހެންވެ މި އެއްވުމުގެ މިހާރުގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅު އައްޑޫގެ ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.
