Last Updated: May 15, 14:01
Wednesday, May 15, 2024
މުނިފޫހިފިލުވުން

އަދިތިޔާ އާއި އަނަންޔާ އެންގޭޖް ވަނީ

ބޮލީވުޑްގެ ލޯބިވެރިން ކަމަށްވާ އަދިތިޔާ ރޯއި ކަޕޫރާއި އަނަންޔާ ޕާންޑޭ ވަރަށް އަވަހަށް އެންގޭޖްވާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ދެ ތަރިން ރައްޓެހިވެގެން އުޅޭ ވާހަކަ ދެކެވެން ފެށީ 2022 ގަ އެވެ. އޭގެ ފަހުން އެ ގުޅުން މިހާރު ސިއްރު ނޫންކަމާއި ގުޅުމާ ދޭތެރޭ އެ މީހުން ވަރަށް ސީރިއަސްކަން ގުޅުން ބަދަހިވެފައިވާ މިންވަރުން އެނގެ އެވެ. އެގޮތުން އެކީގައި ހަފުލާތަކުގައި ބައިވެރިވުމާއި ޗުއްޓީތަކަށް އެކީގައި ދިއުން ފަދަ ކަންކަން މިހާރު ވަރަށް އާންމެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަދިތިޔާ އާއި އަނަންޔާގެ އެންގޭޖްމަންޓް މާ ލަސްތަނެއް ނުވެ އިއުލާންކުރާނެ އެވެ. އަދި އެ ދެ މީހުންގެ ގުޅުމާ މެދު ދެ ފަރާތުގެ އާއިލާ އިން ވެސް ވަރަށް ރުހެ އެވެ. އަނަންޔާ، 25، އަކީ އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިއެކެވެ. "އާޝިގީ 2" ފަދަ ފިލްމުތައް ކުޅުނު އަދިތިޔާ، 38، އަކީ ބަތަލާ ވިދިއާ ބާލަންގެ ފިރިމީހާ ޕްރޮޑިއުސަރު ސިދާތު ރޯއީ ކަޕޫރްގެ ކޮއްކޮއެކެވެ.

ދެހާސް ނަވާރައިގައި ބޮލީވުޑަށް ނުކުތް އަނަންޔާ ކުރިން ޝާހިދު ކަޕޫރްގެ ކޮއްކޮ އަދި 2021 ގެ ފިލްމު "ކާލީ ޕީލީ" ގެ ބަތަލު އިޝާން ޙައްތަރުއާ ވެސް ރައްޓެހިވެ އެވެ. އަދިތިޔާ ކުރިން "އާޝިގީ 2" ގެ ބަތަލާ ޝްރަދާއާ ރައްޓެހިވި އެވެ.