Last Updated: April 29, 22:11
Monday, April 29, 2024
ރިޕޯޓް

ރޯދަ ރަހަ: މެގްނަމް ޕުޑިން

* ބޭނުންވާ ތަކެތި:

1 ޕެކެޓް މާރީ ބިސްކޯދު
1 ދަޅު ގެރިކިރު
2 ބިސް
1 މޭޒުމަތީ ސަމްސު ބަޓަރު
4 ސަމުސާ ކޯންފްލާ
1 ޕެކެޓް ފުލްކްރީމް މިލްކް
1 މިލްކް ޗޮކްލެޓް

* ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ގެރިކިރު، ބިސް، ބަޓަރު އަދި ކޯންފްލާ މިކްސަރުން ރަގަނޅަށް ގިރާލާށެވެ. ދެން ތެއްޔަކަށް ފުލްކްރީމް މިލްކް ޕެކެޓް އެޅުމަށްފަހު ހޫނުކޮށްލާށެވެ. ރަގަނޅަށް ހޫނުވުމުން ކުރިން ގިރާފައިވާ ބައި ތެއްޔަށް އެޅުމަށް ފަހު މަޑުމަޑުން ހަލަމުން ގެންދާށެވެ.
އެއަށް ފަހު އޮލަވާން ފެށުމުން ޓްރޭގައި ބިސްކޯދު ފަތުރާލުމަށް ފަހު އޭގެ މަށްޗައް އޮލަކުރި ތަކެތި އަޅާނީ އެވެ. މިގޮތަށް ދެ ލޭޔާއެއް ހެދުމަށް ފަހު އޭގެ މަށްޗައް ޗޮކްލެޓް ގާނާށެވެ. ދެން އައިސް އަލަމާރީގައި ފިނިކޮށްލަން ބަހައްޓާނީ އެވެ.

ބޭނުން ނަމަ ފިނިކުރާ އިރު މައްޗަށް މިކްސްޑް ނަޓްސް ވެސް އެޅިދާނެ އެވެ.