Last Updated: May 2, 14:39
Thursday, May 2, 2024
ޚަބަރު

މާލެ ސަރަހައްދުގައި އިއުތިކާފަށް 16 މިސްކިތެއް

މާލެ ސަރަޙައްދުގައި އިޢުތިކާފަށް ތިބުމަށް 16 މިސްކިތެއް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ރަމަޟާން މަހު މާލޭ ސަރަހައްދުގެ މިސްކިތްތަކުގެ ތެރެއިން ދަމު ނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް މިސްކިތްތައް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަޙައްދުގެ 32 މިސްކިތެއްގައި ދަމުނަމާދު ކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި 16 މިސްކިތެއްގައި އިއުތިކާފަށް ތިބުމުގެ އިންތިޒާމު ހަމަޖައްސާފައި ކަމަަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

* ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް ބެހިފައިވާ ގޮތް:

މާލޭގެ 18 މިސްކިތެއް
ވިލިމާލޭ 3 މިސްކިތެއް
ހުޅުމާލެ ފޭސް އެކެއްގެ 8 މިސްކިތެއް
ހުޅުމާލެ ފޭސް ދޭއްގެ 2 މިސްކިތެއް

* އިއުތިކާފަށް ހަމަޖެހިފައިވާ މިސްކިތްތައް ބެހިފައިވާ ގޮތް:

މާލޭގެ 8 މިސްކިތެއް
ވިލިމާލޭގެ 1 މިސްކިތް
ހުޅުމާލެ ފޭސް އެކެއްގެ 5 މިސްކިތެއް
ހުޅުމާލެ ފޭސް ދޭއްގެ 2 މިސްކިތެއް

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ 10 މިސްކިތްތަކުގައި އިއުތިކާފަށް ތިބުމަށާއި ދަމު ނަމާދަށް ތިބެވޭނެ އިންތިޒާމުތައް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިދެ އެވެ.