މިދިޔަ އަހަރު ޝޫޓިން ފެށި އަކްޝޭ ކުމާރުގެ ރޮމޭންޓިކް ކޮމެޑީ "ކޭލް ކޭލް މޭ" ގެ ޝޫޓިން ނިންމާލައިފި އެވެ.
މުދައްސަރު އަޒީޒު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓްގައި ވާނީ ކަޕޫރް، އައްމީ ވާކް، ތާޕްސީ ޕައްނޫ، އަދިތިޔާ ސީލް، ފަރުދީން ޚާން އަދި ޕްރަގިއާ ޖެއިސްވާލް ވެސް ހިމެނެ އެވެ. "ހެޕީ ބާގް ބާގް ޖާއޭގީ" އާއުި "ޕަތީ ޕަތުނީ އޯރް ވޯ" ފަދަ ފިލްމުތައް ގެނެސްދިން މުދައްސަރުގެ އެންމެ ފަހުގެ ފިލްމަކީ ސޮނާކްޝީ ސިންހާ އާއި ހުމާ ގްރޭޝީއާ އެކީ 2022 ގައި ގެނެސްދިން "ޑަބަލް އެކްސްއެލް" އެވެ.
ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ "ކޭލް ކޭލް މޭ" އަކީ އަކްޝޭގެ "އެކްޝަން ރިޕްލޭ" އާއި "ނަމަސްތޭ ލަންޑަން" ގެ އިތުރުން "ވަގުތު" ގެ ޑައިރެކްޓަރު ވިޕުލް ޝާހް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމެކެވެ.
އަކްޝޭގެ ކުރިއަށް އޮތް ފިލްމަކީ ކުރިއަށް އޮތް ފިތުރު އީދުގައި ރިލީޒްކުރަން ހަމަޖެހިފައިވާ އެކްޝަން ތުރިލާ "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި ޓައިގާ ޝްރޮފް، މަނޫޝީ ޗިލާރް، އަލާޔާ ފަރްނީޗަރުވާލާ، ޕްރިތުވީރާޖް ސުކްމަރަން އަދި ސޮނާކްޝީ ސިންހާ ހިމެނެ އެވެ.