Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

މީހުން ބިނާކުރުމުގެ މަންފާ ބޮޑު: ޝަހީމު

ގައުމަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަންފާ ބޮޑު ކަމަށާއި އެކަން މިހާރު ވެސް ފެންނަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ރާއްޖޭގެ ބޮޑެތި މިސްކިތްތަކުގައި އިމާމުވެ ތަރާވީސް ކުރަމުންދާ ބޭފުޅުންގެ ތެރޭގައި 500 ހާފިޒުން އުފެއްދުމުގެ އެމަޝްރޫޢުގެ ތެރެއިން އެކަން ފުރިހަމަ ބައިވެރިން ތިބުމަކީ ނުހަނު އުފާވާ ކަމެއް ކަމަށެވެ.

"މީހުން ބިނާކުރުމަކީ ޤައުމަށް އޭގެ މަންފާ ކުރާނެ ކަމެއް." މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވީ 500 ހާފިޒުން އުފެއްދުމުގެ މަޝްރޫޢުގައި ބައިވެރިވެ ޤުރުއާން ހިތު ދަސްކުރި މީހުންނާއި، ވަކިން ޚާއްޞަކޮށް އެމަޝްރޫޢު ނިންމައި މިހާރު ތަރާވީޙު ކުރާ ހާފިޒު އިމާމުންނާ ވަރަށް އަވަހަށް ބައްދަލު ވެސް ކުރައްވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ދާދި ފަހުން ޒުވާން ހަތީބުންތަކެއް ވެސް ތަމްރީނުކޮށް މި ރޯދަ މަހުގެ ތެރޭގައި އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ވެސް ދީފަ އެވެ.

މީގެ އިތުރުން މިފަދަ ދާއިރާތަކުން ރާއްޖެ ރާއްޖެ އިން ބޭރުން މަތީ ތައުލީމާއި ތަޖުރިބާ ހޯދައި ދިނުމުގެ ފުރުސަތު އަންނަނީ ފަހިކޮށް ދެމުންނެވެ.