Last Updated: May 1, 19:56
Wednesday, May 1, 2024
ޚަބަރު

ފަހު 10 ގައި އަޅުކަން ގިނަކުރޭ: ރައީސް

މި ރޯދަ މަހުގެ ފަހު 10 ގެ ދުވަސްތައް ސަރުކާރު ބަންދުކުރަން ނިންމެވީ، ރޭއަޅުކަމަށް ފުރުޞަތު ދެއްވައި، އެ ދުވަސްތަކުގައި ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށް ދެއްވުމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

"ރައީސްގެ ޖަވާބު" ގައި އެ މަނިކުފާނު ވަނީ މި ފުރުޞަތުގެ ބޭނުން ހިފައި ފަހު 10 ގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، އަޅުކަން ގިނަކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

މިއީ ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ރާއްޖޭގައި ނިންމި ފުރަތަމަ ފަހަރެވެ.

ފަހު 10 ގައި ސަރުކާރު ބަންދުކުރި ނަމަވެސް ކޮންމެހެން ޚިދުމަތަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތެއް ދޭން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.