Last Updated: April 29, 22:11
Monday, April 29, 2024
ރިޕޯޓް

ރޯދަ ރަހަ: ބަނާނާ ކްރަމްބް މަފިންސް

* ބޭނުންވާ ތަކެތި:

1/2 1 ޖޯޑު ފުށް
1 ސައިސަމުސާ ބޭކިން ޕައުޑަރު
1 ސައިސަމުސާ ބޭކިން ސޮޑާ
1/2 ސައިސަމުސާ ލޮނު
2 ދޮންކެޔޮ ޗަސްކޮށްފައި
3/4 ޖޯޑު ހަކުރު
1 ބިސް
1/3 ޖޯޑު ބަޓަރު
1/3 ޖޯޑު ބްރައުން ޝުގާ
2 މޭޒުމަތީ ސަމުސާ ފުށް
1/8 ސައިސަމުސާ މުގުރި ފޮނިތޮށި
1 މޭޒުމަތީ ސަމުސާ ބަޓަރު

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ބޮޑު ތައްޓެއްގައި ފުށް ބޭކިން ޕައުޑަރު، ސޮޑާ އަދި ލޮނު އެއްކުރާށެވެ.

ދެން ވަކިން ތައްޓެއްގައި ދޮންކެޔޮ، ހަކުރާއި އަދި ބިސް އަދި ބަޓަރ އެއްކުރާށެވެ. އަދި ކުރިން އެއްކުރި ބައި ތެރެއަށް އެއްކޮށްފައި ގިރުލާށެވެ. އެއަށް ފަހު ކުޑަ ތައްޓެއްގައި ބްރައުން ޝުގާ، ދެ މޭޒުމަތީ ސަމުސާ ފުށް، މޭޒުމަތީ ސަމުސާ ބަޓަރު އަދި ފޮނިތޮށި އެއްކުރާށެވެ.

ދެން އަވަން 190 ޑިގްރީއަށް ހޫނުކޮށްފައި މަފިން ތަށިތަކަށް މިކްސްކުރި ފުށްގަނޑު އަޅާފައި 20 މިނެޓަށް ފިހެލާށެވެ. އެއަށް ފަހު ފަހުން ގިރި ބައި މަތީގައި ހާކާލާނީ އެވެ.