Last Updated: July 22, 13:36
Wednesday, July 22, 2026
މުނިފޫހިފިލުވުން

ޑާކް ރެއިންގެ "ބިބީ" ނިމުމާ ގާތަށް

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި ޑާކް ރެއިން އެންޓަޓައިންމަންޓްގެ ހޮރޯ ކޮމެޑީ "ބިބީ" ގެ ޝޫޓިންގެ 85 ޕަސެންޓް ނިންމައިފި އެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) މިއަދު ބުނީ ފިލްމުގެ ބާކީ ޝޫޓިން ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

"ބިބީ" އަކީ މި އަހަރުގެ ޖެނުއަރީގައި ޑާކް ރެއިނުން ބައިސްކޯފަށް ގެނައި އެންތޮލޮޖީ "ޑާކް ރެއިން ކްރޮނިކަލްސް" ސީޒަންގެ ދޭއްގެ ސެގްމަންޓްތަކެއް ލިޔެ، ޑައިރެކްޓްކުރި. އާ ޑައިރެކްޓަރު ޝަހުދާ މަހުމޫދު ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމެވެ. މީގެ ކާސްޓްގައި އޭނަގެ ފިރިމީހާ އަދި ޑާކް ރެއިނުން ރޭ އޮލިމްޕަހުން ނެގި "ފުރޭތަ" ގެ ބަތަލު ޝަރަފު އަބްދުﷲ ގެ އިތުރުން މަރިޔަމް މަޖުދާ، ޝީލާ ނަޖީބު އަދި އަބްދުﷲ ޝާފިއު (ފުބޫ) ހިމެނެ އެވެ.

"ބިބީ" ގެ ޝޫޓިންގެ ބޮޑުބައި ނިމުނު ނަމަވެސް މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް ޑާކް ރެއިނުން އަދި ނުނިންމަ އެވެ.

އެ ސްޓޫޑިއޯ އިން މަސައްކަތް ނިންމާފައިވާ ފިލްމުތަކުގެ ތެރޭގައި 2019 ގައި ޝޫޓިން ފެށި ބިރުވެރި ފިލްމު "ބަޅިނދު" ހިމެނެ އެވެ. މި ފިލްމަކީ ޑާކް ރެއިން އެ އަހަރުގެ "ގޮށްރާޅު" ގެނެސްދިން އަހުމަދު ޝިނާންގެ ޑައިރެކްޝަނެކެވެ.

ޑާކް ރެއިނުން އެންމެ ފަހުން ގެނެސްދިން "ފުރޭތަ" އަކީ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރި ރިވެންޖް އެކްޝަން ތުރިލާއެކެވެ. މިއީ އެ ސްޓޫޑިއޯ އިން މި އަހަރުގެ ގެނެސްދިން ފުރަތަމަ ފީޗާ ފިލްމެވެ.