Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

މި ފަހަރު ވަގަށް ނެގީ މިސްކިތުގެ ފެންމޯޓަރު

މީގެ ދުވަސްކޮޅެއް ކުރިން ފަންކާތަކެއް ވަގަށް ނެގި މާލޭގެ ދަރުމަވަންތު މިސްކިތުގެ ފެން މޯޓަރު ވެސް ވަގަށް ނަގައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ ފެން މޯޓަރު ވަގަށް ނެގި މައްސަލަ ރޭ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ "ކުށް ހިނގި ތަނަށް ހާޒިރުވެ ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް މަސައްކަތްކުރަމުން އަންނަ" ކަމަށެވެ.

މުލިއާގެ އާއި ސަލްޓަން ޕާކާ ދެމެދުގައި އޮންނަ ދަރުމަވަންތު މަގުގައި ހުންނަ ދަރުމަވަންތަ މިސްކިތުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދެ ފަންކާ ވެސް ވަގަށް ނަގާދައިވެ އެވެ.

މި ރޯދަ މަހުގެ ތެރޭގައި މާލޭގެ ދެ މިސްކިތެއްގެ އަންހެނުންގެ ވުޟޫކުރާ ބަޔަށް ބަޔަކު ގެއްލުންތަކެއް ވެސް ދީފައިވެ އެވެ.