Last Updated: April 29, 22:11
Monday, April 29, 2024
ރިޕޯޓް

ރޯދަ ރަހަ: ބަޓަ ޗިކެން ނޫޑްލްސް

* ބޭނުންވާ ތަކެތި:

2 ޕެކެޓް ނޫޑުލްސް (ފެނުކައްކާފައި)
2 ޓޮމާޓޯ (ކޮށާފައި)
1 ފިޔާ (ކޮށާފައި)
1/2 ޖޯޑު ކުކުޅު (ކޮށާފައި)
1 ލޮނުމެދު (ޗިސްކޮށްފައި)
1 ބޭ ލީފް
1/2 ޖޯޑު ކްރީމް
2 ސައިސަމުސާ ބަޓަރު
2 ކާފޫރުތޮޅި
2 ކަރަންފޫ
1 ފޮނިތޮށި
ބޭނުންވާ ވަރަށް ގިތެޔޮ މިރުސް
ލޮނު
4 ކެޝޫނަޓްސް

* ތައްޔާރު ކުރާނެ ގޮތް:

ޓޮމާޓޯ އާއޮ ފިޔާ ތެއްޔަކަށް ލާށެވެ. އަދި ތެއްޔަށް ފޮނި ތޮށި، ކާފޫރު ތޮޅި، ކަރަންފޫ، ކެޝޫނަޓްސް، ބެއި ލީފް، ބަޓަރު އެޅުމަށް ފަހު ޓޮމާޓޯ ކޮޅު މަޑުވަންދެން މަޑުގިނީގައި ހަނާ ކުރާށެވެ. އެއަ ށްފަހު ހަނާކުރި ހުރިހާ އެއްޗެއް މިކްސްޓަރަކަށް އަޅައި ފުނޑާލާށެވެ. ދެން ތެއްޔަކަށް ބަޓަރުކޮޅެއް ލުމަށް ފަހު މިކްސްޗަރުން ފުނޑި ޕޭސްޓު 10 މިނެޓު ވަންދެން މަޑު ގިނީގައި ކައްކާށެވެ.

ޕޭސްޓު މަޑުގިނީގައި ކެއްކުމަށް ފަހު އޭގެ ތެރެއަށް ލޮނު، ފުލް ކްރީމް، ހަކުރު އަޅާށެވެ. އެއަށްފަހު ކައްކާފައި ހުރި ނޫޑުލްސް އަދި ކޮށާފައި ހުރި ކުކުޅުކޮޅު އެޅުމަށް ފަހު ކުކުޅުކޮޅު ރޯފިލަންދެން މަޑު ގިނީގައި ކައްކާލީނީ އެވެ.