Last Updated: May 3, 18:13
Friday, May 3, 2024
ޚަބަރު

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

ގޮވާމުން ޒަކާތް ބަލައިގަތުން / ފޮޓޯ: މޯލްޑިވްސް ޒަކާތު ހައުސް

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ހުޅުވާލައިފިއެވެ.

ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން އެ ފުރުސަތު ހުޅުވާލައި ބުނެފައިވަނީ، ރަމަޟާން މަހުގެ 21 ވަނަ ދުވަސް ނުވަތަ މާރިޗު 31 ވަނަ ދުވަހުން ފެށިގެން މި 30 ރަމަޟާން ނުވަތަ 9 އޭޕްރީލްވާ އަންގާރަ ދުވަހާއި ހަމައަށް އެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ. އެގޮތުން ޒަކާތް ބަލައިގަތުން މާލެ ސަރަހައްދުގައި ހަމަޖެހިފައިވަނީ އަމީނިއްޔާ ސްކޫލު ހޯލުންނެވެ.

ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުން
ތަން: އަމީނިއްޔާ ސްކޫލް ހޯލު (ލިލީމަގު ދޮރާށި)
ދުވަސް: ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު
ތާރީޚް:
1.   31 މާރިޗު 2024 – 08 އޭޕްރިލް 2024 (ގަޑި: 13:00 ން 16:00 އަށް)
2.   09 އޭޕްރިލް 2024 (ގަޑި: 13:00 ން 18:00 އަށް)

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަނީ އާންމު ގޮތެއްގައި އެބަޔަކު ކެއުމުގެ ގޮތުގައި ބޭނުން ކުރާ ބާވަތަކުން ބޮލަކަށް 2.4 ކިލޯއެވެ. މިގޮތުން މިފަހަރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތައިލޭންޑް ހަނޑޫ، އާދައިގެ ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށް ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.