އިންޑިއާގެ ފިލްމީ ތަރި ސުނިލް ޝެޓީ ކާފައަކަށްވާން އުޅޭކަމުގެ އިޝާރާތެއް ދީފި އެވެ.
އޭނަ އެފަދަ އިޝާރާތެއް ދިނީ މިހާރު ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކަލާސް ޓީވީގެ ޑާންސް ޝޯ "ޑާންސް ދީވާނޭ" ސީޒަން ތިނެއްގެ ހޯސްޓް މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް ސުނިލްއާ ދިމާއަށް ބުނި އެއްޗަކާ ގުޅިގެންނެވެ.
ސުނިލް އަކީ "ކޫލް ނާނާއެެއް" ކަމަށް ބާރްތީ ބުނުމުން ރައްދުގައި ސުނިލް ބުނީ ޝޯގެ ދެން އަންނަ ސީޒަނަކަށް ކާފަ ދަރިޔަކު ގޮވައިގެން އަންނަ ތަން ފެނިދާނެ ކަމަށެވެ.
"މި ޝޯގެ ދެން އަންނަ ސީޒަނެއްގައި ކާފަދަރިއަކު ގޮވައިގެން އަހަރެން ސްޓޭޖަށް އަރާތަން ހަމަ ފެނިދާނެ." ސަމާސާ މޫޑެއްގައި ސުނިލް، 62، ބުންޏެވެ.
ނަމަވެސް އޭނަގެ މި ވާހަކަ ވަރަށް ގިނަ ފޭނުން ނެގީ ވަރަށް ސީރިއަސްކޮށެވެ. އަދި ސުނިލްގެ އެ ވާހަކަ އަކީ އޭނަ މިހާރު ކާފައަކަށްވާން އުޅޭ ކަމަށް ދިން އިޝާރާތެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
"ދަޅުކަން" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އެކްޓަރުގެ ދޮށީ ދަރިފުޅު އާތިޔާ ޝެޓީ އާއި އިންޑިއާގެ ކްރިކެޓް ތަރި ކޭއެލް ރާހުލް ކައިވެނިކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އާތިޔާގެ އިތުރުން ސުނިލްގެ ދެން ހުންނަނީ އަހާން ޝެޓީ ކިޔާ ފިރިހެން ކުއްޖެކެވެ.
"ޑާންސް ދީވާނޭ 3" ގައި ސުނިލް ޖަޖެއްގެ ގޮތުގައި ބައިވެރި ވަނީ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓާ އެކީގަ އެވެ.