Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

މިސްކިތްތަކުން ވައްކަން ކުރާތީ ކަންބޮޑުވުން

މިސްކިތްތަކުން ވައްކަން ކުރުމަކީ ވަރަށް ނުބައި ކަމެއް ކަމަށާއި އެފަދަ ކަންކަމުން ދުރުވާން ޖެހޭ ކަމަށް އިސްލާމިކް މިނިސްﷲޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މި ރޯދަ މަހުގެ ތެރޭގައި މާލޭގެ މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެފައި ވަނިކޮށް މިނިސްޓަރު ސޯޝަލް މިޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެ ބާވަތުގެ ކަންކަމުން އެއްކިބާވާން ޖެހޭ ކަމަށެވެ.

"ﷲ ގެކޮޅުތަކުން ވައްކަން ކުރުމަކީ ވަރަށް ނުބައި އަމަލެއް،" ޝަހީމު ވިދާޅުވި އެވެ. "މިސްކިތްތަކަކީ ބިންމަތީގައިވާ އެންމެ މާތް ތަންތަން."

މި ރޯދަ މަހުގެ ތެރޭގައި މާލޭގެ ދަރުމަންވަންތަ މިސްކިތުން ދެ ފަންކާ އާއި ފެންމޯޓަރެއް ވަގަށް ނަގާފައިވާ އިރު، ތަގުވާ މިސްކިތުން ހަތް ފަންކާ ވަގަށް ނަގާފައިވެ އެވެ. މި މައްސަލަތައް މާލެ ސިޓީ ކައުންސިލުން ފުލުހުންނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ފުލުހުން ރޭ ބުނި ގޮތުގައި ތަގުވާ މިސްކިތުން ވައްކަންކުރި މައްސަލައެއްގައި މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މިކަން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.