Last Updated: April 29, 22:11
Monday, April 29, 2024
ރިޕޯޓް

ރޯދަ ރަހަ: ޕިއްޒާ ރޯލްސް

* ބޭނުންވާ ތަކެތި:

250 ގްރާމް ފުށް
1 މޭޒުމަތީސަމުސާ ބަޓަރު
1 ސައިސަމުސާ ހިކިކިރު
1 ސައިސަމުސާ ހަކުރު
2 ސައިސަމުސާ ޔީސްޓް
2 ފިޔާ (ހިމުންކޮށް ކޮށާފައި)
1 01 ޖޯޑު ޓޮމާޓޯ (ޕީލްޑް)
1/3 މުގުރި އަސޭމިރުސް
1/2 ސައިސަމުސާ އަޖިނަމޮޓޯ
1 ދަޅު މަސް
1 ޖޯޑު ޗީޒް (ގާނާފައި)
ރަހަލާ ވަރަށް ލޮނު

* ތައްޔާރު ކުރާނެ ގޮތް:

ފުށާއި ޔީސްޓާއި ބަޓަރާއި ކިރު އަދި ހަކުރު އެއްކޮށްފައި ތާފަނާ ފެނުން ފުށްގަނޑު މޮޑެފައި މަތި ބަންދު ކޮށްފައި ބާއްވާށެވެ.

ދެން ތަވައެއް އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާކޮޅު އަޅާފައި ފިޔާކޮޅު މޯޅިވީމާ މަސް، ޓޮމާޓޯ، އަޖިނަމޮޓޯ، ލޮނު އަސޭމިރުސް އެއްކޮށްލާފައި ރޯފިލުމުން އުންދުން މަތިން ބާލާށެވެ. އެއަށް ފުށްގަންޑު ހަތަރު ބައި ކޮށްލާށެވެ. ފުށް ގުޅައެއް ދަމާލާފައި މަސްގަނޑު ފަތުރާލާށެވެ.

ދެން މައްޗަށް ޗީޒް އެޅުމަށްފަހު އޮޅައިލާށެވެ. އެއަށް ފަހު 1/2 އިންޗި ހުންނަ ވަރަށް ކަފާލާށެވެ. ޓްރޭގައި ބަޓަރުކޮޅެއް ހާކާފައި ޕިއްޒާ ރޯލްސްތައް އަތުރާލުމަށް ފަހު އަވަނުން ފިހެލާނީ އެވެ.