Last Updated: July 22, 12:00
Wednesday, July 22, 2026
މުނިފޫހިފިލުވުން

އަރިއަން އަށް ބްރެޒިލްގެ ލޯބިވެރިއެެއް!

ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން މިހާރު ބްރެޒިލްގެ ބަތަލާއަކާ ރައްޓެހިވެގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ 25 އަހަރުގެ އަރިއަން ރައްޓެހިވެގެން އުޅެނީ އިންޑިއާގެ ބައެއް ފަންނާނުންނާ އެކީ މިއުޒިކް ވީޑިއޯތަކެއް ވެސް ކުޅެފައިވާ ލަރީސާ ބޮނެސީއާ ކަމަށެވެ.

ބައެއް މީޑިއާތަކުން ބުނީ އަރިއަން އާއި ލަރީސީގެ އާއިލާއާ މިހާރު ވަރަށް ގާތް ގުޅުމެއް ވެސް އެބައޮތް ކަމަށާއި ދާދި ފަހުން ލަރީސާގެ މަންމަގެ އުފަން ދުވަހާ ގުޅިގެން އަގުބޮޑު ހަދިޔާތަކެއް ވެސް އަރިއަން ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އަރިއަން އާއި ލަރީސާ ދިމާވީ ކޮން އިރަކު ކޮންތާކުން ކަމެއް ސާފުނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ. އެކަމަކު މިދިޔަ އަހަރު އަރިއަން "ޑި'ޔަވޯލް" ގެ ނަމުގައި ލޯންޗްކުރި ލަގްޒަރީ ސްޓްރީޓްވެއާ ކްލޯތިން ބްރޭންޑްގެ މޮޑެލްއެއްގެ ގޮތުގައި ލަރީސާ ހިއްސާވެފައިވެ އެވެ.

ލަރީސާ، 34، ވަނީ ގުރޫ ރަންދަވާ އާއި ވިޝާލް މިޝްރާގެ އިތުރުން ސްޓެބިން ބެންއާ އެކީ ވީޑިއޯ ލަވަތަކެއް ކުޅެފަ އެވެ. އަދި އިންޑިއާގެ ބައެއް އިޝްތިހާރުތަކުގައި ވެސް އޭނަ ހިއްސާވެފައިވެ އެވެ.

އަރިއަން އާއި ބަތަލާ ނޯރާ ފަތުރީ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތަކެއް ވެސް މީގެ ކުރިން އަރާފައިވެ އެވެ. ނަމަވެސް އަރިއަން އަކީ މީޑިއާތަކާ ވަރަށް ދުރު މީހަކަށްވާތީ އޭނައާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ހަގީގަތެއް ސާފެއް ނުވެ އެވެ. އަރިއަން އަކީ ޝާހްރުކްގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ.

އޭނަ އަންނަނީ "ސްޓާޑަމް" ގެ ނަމުގައި ވެބް ސީރީޒެއް ލިޔެ، ޑައިރެކްޓްކުރަމުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި އަރިއަން ވަނީ