Last Updated: May 1, 18:05
Wednesday, May 1, 2024
ޚަބަރު

އިސްލާމީ ސަގާފަތާ އެއްގޮތަށް އީދު ފާހަގަކުރަން އެދިއްޖެ

ކުރިއަށް އޮތް ފިތުރު އީދު ފާހަގަކުރާ އިރު، އިސްލާމީ ސަގާފަތާ އެއްގޮތަށް އެކަން ކުރަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސްކުރައްވައިފި އެވެ.

މިނިސްޓަރު ވިދާޅުވީ އިސްލާމީ ސަގާފަތާ އެއްގޮތަށް އީދު ފާހަގަކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ތަސައްވުރަކަށްވާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އީދު ފާހަގަކުރުމަށްޓަކައި، އިލްމުވެރިންނާއި މިސްކިތްތަކުގެ އިމާމުން ވެސް ރައްޔިތުންނަށް އެހީތެރިވެ، އިރުޝާދު ދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ދުވަހަކީ މި މަހުގެ 10 އެވެ. މި އާދަކީ ރަމަޟާން މަހުގެ ރޯދައާ ވިދިގެން މުސްލިމުން ފާހަގަކުރާ އީދެކެވެ.

މި އަހަރު އަލަށް ފިތުރު އީދު ނަމާދު ކުރަން ހަމަޖެހިފަައި ވަނީ ހެނދުނު 7:00 އެވެ. މީގެ ކުރިން ރާއްޖޭގައި އީދު ނަމާދު ކުރަމުން އައީ ހެނދުނު 7:30 ގަ އެވެ.

ފިތުރު އީދު ގާތްވަމުން އަންނަ އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓްރީން ބުނެފައި ވަނީ އިސްމާލީ އާދަތަކާ އެއްގޮތަށް އީދު ފާހަގަކުރަން ސިޓީތަކާއި ރަށްރަށް ކުލަބޮކިތަނުން ޒީނަތްތެރިކޮށް، އިސްލާމީ ޝިއާރުތައް ފާޅުކުރާނެ ކަމަށެވެ.