Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ބައްސާމް ސަސްޕެންޑްކޮށްފި

ޖިންސީ ފުރައްސާރަައިގެ މައްސަލައެއްގައި އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމް ސަސްޕެންޑްްކޮށްފި އެވެ.

އޭނާ ސަސްޕެންޑްކުރީ ކުންފުނީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ބުނާ މައްސަލަކެއް ފެންމަތިވުމާ ގުޅިގެން އެކަން ބަލާނެކަން އެމްއެމްޕީއާރްސީން ރޭ ބުނެފައި ވަނިކޮށެވެ.

އެ ކުންފުނިން ބުނީ އެކަން ސަމާލުކަމަށް އައީ ސޯޝަލް މީޑިއާއިން ކަމަށާއި އެއްވެސް މުވައްޒަފަކު އެ ކަހަލަ މައްސަލައެއް ރަސްމީކޮށް ކުންފުންޏަށް ހުށައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އެކަމުގެ ސައްހަކަން ކަށަވަރުކުރުމަށާއި މެނޭޖްމަންޓުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޑިސިޕިލިނަރީ ކޮމެޓީން އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ބައްސާމް މުވައްޒަފުންތަކަށް ޖިންސީ ފުރައްސާރަކުރީ ދާދި ފަހުން ޖަރުމަންގައި އޮތް ބާލީން ފެއާ ދަތުރުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.