Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ސައުދީ ސަފީރަކަށް ތާހާގެ ނަން ފޮނުވައިފި

ރާއްޖެ އިން ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ ސަފީރުގެ މަގާމަށް މުޙައްމަދު ޠާހާގެ ނަންފުޅު ރައީސް ޑރ. މުހައްމަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އެ ނަން މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 26 ގަ އެވެ. އަދި އެ މައްސަލަ އިއްޔެ ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

ތާހާ އަކީ ނ. ހޮޅުދު އަށް އުފަން ބޭފުޅެކެވެ.