Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ކުންފުނިތަކަށް ޕީސީބީން އެވޯޑެއް ދެނީ

ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަން ހތްވަރުދީ ބާރު އެޅުމުގެ ގޮތުން "ގަވަނަންސް އެވޯޑު" ގެ ނަމުގައި އެވޯޑެއް ދޭން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ނިންމައިފި އެވެ.

،މި އެވޯޑާ ބެހޭ ގޮތުން ޕީސީބީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޔާމީން ވިދާޅުވީ "ގަވަނަންސް އެވޯޑް" ދިނުމުގެ އުޞޫލު ވެސް އެކުލަވާލައި ނިމިފައިވާ ކަމަށެވެ. އަދި އެވޯޑުގެ މަޢުލޫމާތު މިދިޔަ އަހަރު ކުންފުނިތަކާއި ޙިއްސާކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ "ގަވަނަންސް އެވޯޑް" ދޭން ހަމަޖެހިފައި ވަނީ ޕީސީބީން އެކުލަވާލާ މިނިވަން ކޮމިޓީއަކުން ކަމަށާއި އެ ކޮމިޓީ ވަރަށް އަވަހަށް އެކުލަވާލެވޭނެ ކަމަށެވެ.