Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު

ޓޫރިސްޓުންގެ އަދަދު 600،000 އިން މައްޗަށް

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ހަ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް 604،004 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު އެއީ 15 އިންސައްތަ ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެ އެވެ.

އެވަރެޖްކޮށް ރާއްޖޭގައި މިހާރު ފަތުރުވެރިން އަށް ދުވަހު މަޑުކުރާއިރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރަނީ 6،637 ފަތުރުވެރިންނެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމަށް ބަލާ އިރު، އެއް ވަނައިގައި އޮތީ ޗައިނާގަ އެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 67،399 އަށް އަރަ އެވެ. ދެވަނައިގައި ރަޝިއާ އޮތީ 61،752 ޓޫރިސްޓުންނާ އެކީގަ އެވެ. އިނގިރޭސިވިލާތް ތިން ވަނައިގައި އޮތީ 58،382 ޓޫރިސްޓުންނާ އެކީގަ އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.