Last Updated: July 22, 12:00
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ޕުޝްޕާ 2" ގެ ޓީޒާ 8 ގައި

މި އަހަރުގެ އެންމެ އުންމީދީ އިންޑިއާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އައްލޫ އަރުޖުންގެ "ޕުޝްޕާ 2: ދަ ރޫލް" ގެ ޓީޒާ މި މަހުގެ 8 ގައި އާންމު ކުރާނެކަން އިއުލާންކޮށްފި އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ މި އަހަރުގެ އޮގަސްޓް 15 ގައި ކަމަށެވެ. "ޕުޝްޕާ 2" ގެ ކާސްޓްގައި ކުރީ ބައިގެ މުހިއްމު ބައެެއް ތަރިން ހިނެނެ އެވެ. އޭގެ ތެރޭގައި ރަޝްމިކާ މަންދަނާ އާއި ފާހަދު ފާސިލް ހިމެނެ އެވެ.

ދެހާސް އެކާވާހުގައި ރިލީޒްކުރި "ޕުޝްޕާ" އަކީ ސުކްމާރު ޑައިރެކްޓްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި އެކްޝަން ޑްރާމާއެކެވެ. އެ ފިލްމުގައި އަރުޖުން ދެއްކި މޮޅު އެކްޓިން އަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބިފައިވެ އެވެ.

"ޕުޝްޕާ" ގެ ތިން ވަނަ ބައެއް ވެސް ގެނެސްދޭން އޮތީ ނިންމައިފަ އެވެ.