Last Updated: April 29, 22:11
Monday, April 29, 2024
ރިޕޯޓް

ރޯދަ ރަހަ: ތައި ގްރީން ކަރީ

* ބޭނުންވާ ތަކެތި:

100 ގްރާމް ބީންސް (އިންޗިއަކަށް ކުދިކޮށް ކޮށާފައި)
100 ގްރާމް ބަށި (ހަތަރެސްކަނަށް ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ ތެޔޮ
1 ލޮނުމެދު (ކުދިކޮށް ކޮށާފައި)
1 ސައިސަމުސާ އިނގުރު (ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ ތައި ގްރީން ކަރީ ޕޭސްޓް
400 މިލީޓަރުގެ ކާށިކިރު
2 ސައިސަމުސާ ފިޝް ސޯސް
1 ސައިސަމުސާ ހަކުރު
450 ގްރާމް ކުކުޅު (ބޯންލެސް ޗިކަން ކުދިކޮށް ކޮށާފައި)
2 ކަފިއާ ލައިމް ލީވްސް (ކުދިކޮށް ކޮށާފައި)
1 މޭޒުމަތީސަމުސާ ބެސިލް
1 މޭޒުމަތީސަމުސާ ސިލާންޓްރޯ
1 ލެމަންގްރާސް

* ތައްޔާރު ކުރާނެ ގޮތް:

ބީންސްކޮޅު ތިން މިނެޓު ވަންދެން ފެނުކައްކާލުމަށް ފަހު ވަކިން ބަހައްޓާށެވެ. ވަކިން ތަވައެއްގައި ތެޔޮ ކޮޅެއް ހޫނުކުރުމަށް ފަހު ލޮނުމެދު، ފިޔާ، އިނގުރު އަދި ލެމަން ގުރާސްކޮޅު އަޅާލައި މުށި ކުލައެއް އަރަންދެން ކައްކާލާށެވެ. ކުލަ ގަދަވަންދެން ނުބަހައްޓާ އުނދުން ނިވާލުމަށް ސަމާލުކަން ދޭންވާނެ އެވެ.

ކުކުޅު މަސްކޮޅާއި ތައި ގުރީން ކަރީ ޕޭސްޓް އަޅާލާ ރަނގަޅަށް އެއްކޮށްލަމުން ކައްކާލާށެވެ. އަދި ކާށި ކިރުކޮޅު މީގެ ތެރެއަށް އެއްކޮށްލާށެވެ. ރަނގަޅަށް ކެކިގަންނަން ފެށުމުން، ތައީ ފިޝް ސޯސް އަދި ހަކުރުކޮޅު އެއްކޮށްލުމަށްފަހު ގިނި މަޑުކުރުމަށްފަހު ކުކުޅު ކޮޅު ރޯފިލަންދެން އަށް މިނިޓުވަރު މަތި ޖަހައިގެން ކައްކާލާށެވެ.

އެއަށް ފަހު ކުރިން މަޑު ކުރި ބީންސް ކޮޅާއި ކޮށާފައި ހުރި ބަށި، ކަފިއާ ލައިމް ލީވްސް، ބެސިލް އަދި ސިލަންޓްރޯ އެއްކޮށްލައި އިރުކޮޅެއް ވަންދެން ކައްކާލުމަށް ފަހު އުނދުން މަތިން ބާލާށެވެ