Last Updated: June 10, 20:48
Thursday, June 11, 2026
ޚަބަރު

ފުވައްމުލަކުގައި އަނެއްކާ ވެސް އެކްސިޑެންޓެއް

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި މީހަކަަށް އަނިޔާވެ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ފުލުހުން ބުނެފައިވަނީ ފުވައްމުލަކުގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެންގޮސް ދިގުވާޑު ނައިބުތުއްތު ހިނގުމުގައި އޮތް އެކްސްކަވޭޓަރެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރޭ 23:45 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ދީފައިވެއެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 27 އަހަރުގެ ފިރިހެނަކަށެވެ.

މިދިޔަ ހޯމަދުވަހުގެ ރޭވެސް ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގާ މީހެއްގެ ހާލު ސީރިއަސްކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.