Last Updated: May 7, 11:23
Tuesday, May 7, 2024
ޚަބަރު

ބަންކަރިން މެޕްގައި ރާއްޖެ ހިމަނައިފި

ބަންކަރިންގެ ހިދުމަތަށް ޚާއްސަ މެޕުގައި ރާއްޖެ ހިމެނިއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަންކަރިންގެ ޚިދުމަތަށް ހާއްސަ ވައިޓަލް ބަންކާސް މެޕުގައި ރާއްޖެ ހިމެނިފައިވާ ތަން ހާމަވާ ފޮޓޯއެއް ވެސް ހިއްސާ ކުރައްވާފައިވެ އެވެ.

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި، އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލްއާ އެކު މިދިޔަ މަހުގެ ތެރޭގަ އެވެ. ރާއްޖޭގައި ގާއިމުކުރާ އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީން، ބޭރުން ދާ ބޮޑެތި ބޯޓުތަކަށް ރާއްޖެ އައިސް ތެޔޮ އެޅޭނެ ނިޒާމު ހަމަޖެހޭނެ އެވެ.

މިކަމާ ބެހޭ ގޮތުން އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހީމް ވިދާޅުވެފައި ވަނީ މި ޕްރޮޖެކްޓުގެ ސަބަބުން އިގުތިސާދީ ގޮތުން އެތަކެއް ފައިދާތަކެއް ލިބޭނެ ކަމަށެވެ. އަދި މިއީ ގައުމަށް ލިބޭ ބޭރު ފައިސާ އިތުރުވެ، ރާއްޖޭގެ ފޮރިން ކަރަންސީ ރިޒާވް އިތުރުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޝިމާދު ވިދާޅުވީ ބަންކަރިން ޕްރޮޖެކްޓުގެ ސަބަބުން ވަޒީފާގެ ފުރުސަތުތަތައް ވެސް ފަހިވާނެ ކަމަށެވެ.