Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު

ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރަނީ

ފުވައްމުލަކުގައި 12 ހެކްޓަރުގެ ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް ސިޓީ ކައުންސިލާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އިސްމާއީލް ރަފީގެވެ. އަދި ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްﷲޓަރު އަހުމަދު މުބީން އެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބިން ހަމަޖައްސާފައި ވަނީ ފުވައްމުލައް އެއާޕޯޓާ އިންވެގެން އޮންނަ ހުސް ބިން "ބިޅިފޭށި" ސަރަހައްދުގަ އެވެ.

މޭޔަރު ވިދާޅުވީ ދެ އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން 12 ހެކްޓަރުގެ ބިމުގައި ޓޫރިޒަމް ތަރައްގީކުރުމަށް އިންވެސްޓަރުން ހޯދުމާއި، މަޝްރޫއުގެ ޑިޒައިން މަސައްކަތްތައް ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާނީ އާރްއޭސީއެލް އިން ކަމަށެވެ. މި މަޝްރޫއުގެ ދަށުން ކުއްޔަށް ދޫކުރާ ކޮޓަރިތައް ހެދުމާއި ޓޫރިސްޓުންނަށް ބޭނުންވާ ރެކްރިއޭޝަނަލް ހިދުމަތްތައް ވެސް އެއްބަސްވުމުގެ ދަށުން ގާއިމުކުރާނެ އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ މި މަޝްރޫއަށް އިންވެސްޓަރުން ހޯދައި، މި އަހަރުގެ ފަހުކޮޅު އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފައިފަ އެވަ.

ތޭރަހާހެެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކަކީ މިހާރު ވެސް ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން އަންނަ ތަނެކެވެ. އެ ސިޓީ އަކީ އެއް ރަށެއްގެ މައްޗަށް އެކުލެވޭ އަތޮޅެކެވެ.