Last Updated: May 2, 21:43
Thursday, May 2, 2024
މުނިފޫހިފިލުވުން

ތަފާތު ސްޓައިލެއްގައި ސޮނާކްޝީގެ ލަވައެއް

ޑައިރެކްޓަރު ސަންޖޭ ބަންސާލީ ގެނެސްދޭން ތައްޔާރުވަމުން އަންނަ ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" އިން ސޮނާކްޝީ ސިންހާގެ ނެށުންތަކެއް ތަފާތު ސްޓައިލެއްގައި ދައްކުވައިދޭ ލަވައެއް މިއަދު އާންމުކޮށްފި އެވެ.

"ތިލަސްމީ ބަހޭ" ކިޔާ މި ލަވައިގެ މިއުޒިކް ވެސް ބަންސާލީ ހަދާފައިވާ އިރު، ލަވަ ކިޔާފައި ވަނީ ޝަރުމިސްތާ ޗެޓަޖީ އެވެ. މި ލަވައިގައި ސޮނާންޝީއާ އެކީ ގިނަ ބަޔަކި ފެނިގެންދެ އެވެ.

"ތިލަސްމީ ބަހޭ" އަކީ "ހީރާމަންޑީ" އިން އާންމުކުރި ދެވަނަ ލަވަ އެވެ. މިދިޔަ މަހުގެ ތެރޭގައި އާންމުކުރި ސީރީޒްގެ ފުރަތަމަ ލަވަ އަކީ "ސަކަލް ބަން" އެވެ.

މެއި މަހުގެ 1 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ސީރީޒްގެ ކާސްޓްގައި މަނީޝާ ކޮއިރަލާ، އަދިތީ ރާއޯ ހައިދަރީ، ރިޗާ ޗައްޑާ، ސަންޖީދާ ޝެއިހް، ޝަރުމިން ސޭގަލް،ޝޭކަރް ސުމަން، އަދިޔަޔަން ސުމަން، ފަރުދީން ޚާންގެ އިތުރުން ތާހާ ޝާހް ހިމެނެ އެވެ.