Last Updated: June 10, 20:48
Thursday, June 11, 2026
ރިޕޯޓް

ރަޙިމުގެ ގުޅުން ގާއިމު ކުރާނީ ކިހިނެތް؟

ރަޙިމުގެ ގުޅުން ޤާއިމު ކުރެވޭނީ އެކަމަށް ސާމާލުކަން ދީގެން އެބައި މީހުންނަށް ޒިޔާރާތްކޮށްގެންނެވެ. އަދި އެބައި މީހުން ކުރެ މާތް މީހުންނަށް އިޙްތިރާމު ކުރުމާއި ބަލިމީހުންނަށް ޒިޔާރަތްކުރުމާއި ދަތިޙާލުގައިވާ މީހުންނަށް ފަސޭހަކޮށް ދިނުމާއި އެބައި މީހުންގެ ޙާލު ބެލުން ވެސް އެކަމުގައި ހިމެނެ އެވެ.

މި އަޅުކަން އަދާކުރުމުގައި ޒަމާނީ ވަސީލަތްތަކުން އެހީތެރިކަން ހޯދާށެވެ. ފޯނު ކުރުމަކީ ލޯތްބާއި ކުލުނު އިތުރުވެގެންދާ ކަމެކެވެ. އަދި މެސެޖު ކުރުމަކީ ވެސް އެކަން ދެމެހެއްޓޭ ކަމެކެވެ. އަދި ސަލާމް ފެތުރުމަކީ ގުޅުންތައް އާވެގެން ދާކަމެކެވެ. އެގޮތުން ގާތްތިމާގެކަމުގެ ގުޅުން ރަނގަޅު ކުރުމަށް ކޮންމެ މުބާހު ވަސީލަތެއްގެ ބޭނުން ހިފާށެވެ. އަދި ގާތްތިމާގެ މީހުންނަށް ދަޢުވަތުދީ އިރުޝާދުދީ ނަސޭޙަތް ދިނުމަކީ އެހެންމީހުންނަށް އެކަންކަންކޮށް ދިނުމަށް ވުރެ ލާޒިމުކަން ބޮޑުވެގެންވާކެމެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَأَنذِرْ عَشِيرَتَكَ الْأَقْرَبِينَ﴾ [سورة الشعراء ٢١٤]

މާނައީ: “ކަލޭގެފާނުގެ އެންމެ ގާތްތިމާގެ ޤަބީލާތަކުގެ މީހުންނަށް އިންޛާރު ކުރައްވާށެވެ!”

މަސްދަރު: ދިސަލަފިއްޔާ