Last Updated: May 7, 18:19
Tuesday, May 7, 2024
ޚަބަރު

ކެލާގައި ރިސޯޓެއް ހަދަން އެއްބަސްވުމެއް

ހއ. ކެލާގެ ފަޅުތެރޭގައި ރިސޯޓު ތަރައްގީ ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެެއްބަސްވުން ހެދީ ޓޫރިޒަމް މިނިސްޓްރީ ކެލާ ކައުންސިލާ ދެމެދު އެވެ. މި އެއްބަސްވުމާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް ވިދަޅުވީ މިއީ ދެ ފަރާތުން ގުޅިގެން މަޝްރޫޢު ކުރިއަށް ގެންދަންވި އެއްބަސްވުމެއް ކަމަށެވެ.

ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ މިދިޔަ ފެބްރުއަރީ މަހު ކެލަ އަށް ކުރެއްވި ދަތުރުގަ އެވެ.

މިނިސްޓަރު ވިދާޅުވީ ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން ސިންގަޕޫރާއި ދުބާއީ އާއި ތައިލޭންޑު އަދި މެދުއިރުމަތީގެ ޤައުމުތަކުގައި އިންވެސްޓުމަންޓު ފޯރަމްތައް ބާއްވާނެ ކަމަށާއި، އެ ފޯރަމްތަކުގައި އެ މަޝްރޫޢުއަށް އިންވެސްޓަރުން ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އަމާޒަކީ މި ދަ އުރުގެތެރޭގައި ކެލާ ފަޅުތެރެއިން ބިން ހިއްކައި ރިސޯޓެއް ތަރައްޤީކޮށް ހުޅުވާލުން ކަމަށެވެ.