Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

ތޮއްޑު އަށް ސީޕްލޭން ދަތުރު ފަށަނީ

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އއ. ތޮއްޑު އަށް ފަށަން ތައްޔާރުވާން ފަަށައިފި އެވެ.

އެ ރަށު ކައުންސިލުން ބުނީ ރަށަށް ސީޕްލޭންގެ ދަތުރުތައް ފެށުމަށް އިނީޝިއަލް ސާވޭއަށް މޯލްޑިވިއަންގެ ބޯޓެއް އެ ރަށަށް ގޮސްފައިވާ ކަމަށެވެ. ކައުންސިލުން ބުނީ ސީޕްލޭން ދަތުރުތައް ތޮއްޑު އަށް ފެށުމަކީ ރައްޔިތުން ދެކެމުން އައި ދުވަސްވީ ހުވަފެނެއް ކަމަށާއި، ވަރަށް އަވަހަށް ސީޕްލޭން ޝެޑިއުލް ދަތުރުތައް ފަށާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ތޮއްޑު އަށް ގައުމީ އެއާލައިނުން ސީޕްލޭން ދަތުރުތައް ފަށަން ތައްޔާރީތައްވަމުން އަންނަ އިރު އެ ރަށަކީ ލޯކަލް ޓޫރިޒަމް ވަރަށް ފުޅާކޮށް ކުރިއަށް ގެންދާ ގިނަ އަދަދެއްގެ ގެސްޓްހައުސް ވެސް ހިންގަމުން އަންނަ ރަށެކެވެ.

މޯލްޑިވިއަނުން އަންނަނީ ބ. ފުޅަދު އަށް ވެސް ސީޕްލޭން ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.

އެ އެއާލައިނުން މައިގަނޑު ގޮތެއްގައި ސީޕްލޭންގެ ހިދުމަތް ދެނީ ރިސޯޓްތަކަށެވެ.