Last Updated: May 7, 11:50
Tuesday, May 7, 2024
ޚަބަރު

ސްޓީވެޑޯރިން ފީ ޑޮލަރުން ނަގަން ފަށައިފި

މި މަހުން ފެށިގެން ސްޓީވެޑޯރިން ފީ ޑޮލަރުން ނަގަން މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، (އެމްޕީއެލް)އިން ފަށައިފި އެވެ.

މިއީ އުޅަނދުފަހަރަށް މުދާ އަރުވައިު، މުދާ ބޭލުމަށް ޕޯޓުތަކުން އެ ބޯޓެއްގެ އެޖެންޓުންގެ އަތުން ނަގާ ފީއެކެވެ. މީގެ ކުރިން ވެސް މި ފީ އަށް ޑޮލަރުން އަގު ނެގި އެވެ. ނަމަވެސް ރުފިޔާ އިން ފީ ދެއްކޭ ގޮތަށް ހެދީ 2011 ގަ އެވެ.

އެމްޕީއެލުން ބުނީ މި މަހުން ފެށިގެން ސްޓީވެޑޯރިން ފީ ނަގާނީ ޑޮލަރުން ކަމަށުން ކަމަށާއި މިއީ ރާއްޖެއިން ބޭރުން އަންނަ އުޅަނދު ފަހަރުތަކުގެ އެޖެންޓުން އަތުން ނަގާ ފީއަކަަށްވާތީ މީގެ ސަބަބުން ކުންފުންޏަށް ފައިދާވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖެ އަށް ދިމާވެފައި އޮތް ޑޮލަރު ލިބުމުގެ ދަތިކަން ހައްލުވުމަށް އެހީއަކަށްވެސް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓީވްޑޯރިން ފީގެ ގޮތުގައި އެމްޕީއެލްއިން 20 ފޫޓުގެ ކޮންޓެއިނާއަކުން 195 ޑޮލަރު ނަގަ އެވެ. އަދި 40 ފޫޓުގެ ކޮންޓެއިނާއަކުން ނަގަނީ 211 ޑޮލަރެވެ.