Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

އެއާ އެމްބިއުލާންސްގައި 60 އަށް ވުރެ ގިނަ ދަތުރު

އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފެށި ފަހުން މިހާތަނަށް އަށް 60 ވުރެ ގިނަ ދަތުރުކޮށްފި އެވެ.

އެ ހިދުމަތް ކުރިއަށް ގެންދާ ގައުމީ އެލައިނުން ބުނީ އެއާ އެމްބިއުލާންސްގެ ހިދުމަތް މިދިޔަ މަހުގެ 1 ގައި ފެށި ފަހުން ފާއިތުވި މަސް ދުވަހުގެ ތެރޭގައި ބަލިމީހުން އުފަން 66 ދަތުރުކޮށްފައިވާ ކަމަށެވެ.

އެއާ އެމްބިއުލާންސަށް ދެ ބަލިމީހުން އުފޭ ޑޭޝް8 ގެ ބޯޓަކާއި ސީޕްލޭނެއް އަންނަނީ ބޭނުން ކުރަމުންނެވެ. ޑޭޝްގެ ބޯޓްގައި މިދިޔަ މަހުގެ 1 ގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ފަހު، ސީ އެމްބިއުލާންސްގެ ހިދުމަތް ފެށީ މިދިޔަ މަހުގެ 15 ގަ އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ކުއްލި ހާލަތުގައި ބަލިމީހުން އެއް ތަނުން އަނެއް އުފުލަން ފެށި ހިދުމަތެކެވެ. މި ހިދުމަތުގައި މި އަހަރު ނިމުމުގެ ކުރިން ހެލިކޮޕްޓަރުގެ ހިދުމަތް ވެސް ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.