Last Updated: May 2, 21:16
Thursday, May 2, 2024
މުނިފޫހިފިލުވުން

ވަރޫން އާއި ބައްޕަގެ އާ ފިލްމަށް ތާރީހެއް

ބައްޕަ ޑައިރެކްޓަރު ޑޭވިޑް ދަވަނާ އެކީ ވަރޫން ދަވަން ދެން މަސައްކަތް ކުރަން އޮތް ފިލްމު ރިލީޒްކު ތާރީހު ހަމަޖައްސައިފި އެވެ.

ނަން އަދި އިއުލާން ނުކުރާ މި ރޮމޭންޓިކް ކޮމެޑީ ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު 2 ގައި ކަމަށް މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުންޏެވެ. މި ފިލްމަކީ ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން މެއި/ޖޫން ހިސާބުގައި ޝޫޓިން ފެށުމުގެ ތައްޔާރީތައްވަމުން އަންނަ ފިލްމުގައި ދެ ބަތަލާ އެކު ހިނެނޭނެ އެވެ. އެއީ މުރްނާލް ތާކޫރާއި ރަކުލް ޕްރީތު ސިންގް އެވެ. އެކަމަކު ޓީމުން ރަސްމީކޮށް ފިލްމު އިއުލާން ނުކުރާތީ އެކަން އަދި ކަށަވަރެއް ނުވެ އެވެ. މުރްނާލް އާއި ރަކުލް އަކީ އަދި މިހާތަނަށް ވަރޫންއާ އެކީ މަސައްކަތްކޮށްފައި ނުވާ ދެ ބަތަލާއިންނެވެ.

ބައްޕަ ޑޭވިޑާ އެކީ ވަރުން ކުރިން ތިން ފިލްމެއްގެ މަސައްކަތްކޮށްފައިވެ އެވެ. އެއީ 2020 ގެ "ކޫލީ ނަމްބަރު 1" އާއި 2017 ގެ "ޖުޅުވާ 2" ގެ އިތުރުން 2014 ގެ "މޭ ތޭރާ ހީރޯ" އެވެ.

ވަރޫންގެ ކުރިއަށް އޮތް ފިލްމަކީ މެއި 31 އަށް ތާވަލުކޮށްފައި އޮތް "ބޭބީ ޖޯން" އެވެ.