Last Updated: April 30, 09:58
Tuesday, April 30, 2024
ކުޅިވަރު

ދެކުނު އެފްރިކާގެ ފުޓްބޯޅަ ތަރިއަކު މަރާލައިފި

ދެކުނު ކޮރެއާގެ ފުޓްބޯޅަ ތަރި ލޫކް ފްލިއާސްގެ ކާރު ހައިޖެކްކުރުމަށް ބަޔަކު އޭނަ އަށް ބަޑިން ހަމަލާދީ މަރާލައިފި އެވެ.

ރޭ މި ހާދިސާގައި ހިންގާފައި ވަނ ޖޮހަނަސްބާގްގެ ޕެޓްރޯލް ސްޓޭޝަނެއްގެ ކައިރީގަ އެވެ. މީޑިއާތަކުން ބުނީ ކައިޒާ ޗީފްސް އަށް ކުޅޭ ލޫކް، 24 ކާރުގައި ދަނިކޮށް ކޮން ބައެއްކަން ނޭނގޭ ބަޔަކު އޭނަގެ ހުއްޓުވައި ކާރު ހައިޖެލްކުރުމަށް ބަޑިން ހަމަލާ ދިނީ މަަށެވެ. އަދި އޭގެ ތެރެއިން ބަޔަކު ކާރާ އެކީ ފިލައިފައި ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު ލެފްޓިނަންޓް ކާނަލް މެވޭލާ މޮސޮންޑޯ ވިދާޅުވީ ހަތިޔާރު އެޅި ބަޔަކު ލޫކް މަރާލި ހާދިސާ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އޭނަގެ މަރާ ގުޅިގެން ކުލަބުން ވެސް ހިތާމަ ފާޅުކޮށް ބުނެފައި ވަނީ ލޫކް މަރުގެ ޚަބަރަކީ ބޮޑު ޝޮކެއް ކަމަށާއި މިއީ ޓީމަށް ލިބުނު ވަރަށް ވަރަށް ހިތްދަތި ޚަބަރެއް ކަމަށެވެ. ކައިޒާ ޗީފްސްއާ ލޫކް ގުޅުނީ މިދިޔަ އަހަރު އެވެ.

ލޫކްގެ މަރާ ގުޅިގެން ދެކުނު އެފްރިކާގެ ސްޕޯޓްސް މިނިސްޓަރު ޒިޒީ ކޮޑްވާ ވެސް ހިތާމަފާޅުކުރައްވާފައިވެ އެވެ.