Last Updated: May 7, 21:23
Tuesday, May 7, 2024
ޚަބަރު

މޯލްޑިވިއަނުން އައްޑު އާއި ކޫއްޑޫ ގުޅާލަނީ

މޯލްޑިވިއަނުން އައްޑޫ ސިޓީ އާއި ގއ. ކޫއްޑޫއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

މޯލްޑިވިއަނުން ބުނީ އައްޑޫ އާއި ކޫއްޑޫއާ ދެމެދު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 29ގައި ކަމަށާއި ހަފްތާއަކު ދެ ދުވަހު ދަތުރުތައް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އައްޑޫއިން ކޫއްޑޫއަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއެއްގެ ވެސް އަންގާރަ ދުވަހުގެ މެންދުރު 11:55 ގަ އެވެ. ކޫއްޑޫއިން އައްޑޫއަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު 5:30 ގަ އެވެ.

މިއަދުން ފެށިގެން އެ ފްލައިޓުތަކުގެ ޓިކެޓު ބުކް ކުރުމުގެ ފުރުސަތު މޯލްޑިވިއަނުން ވަނީ ހުޅުވާލާފަ އެވެ.

މޯލްޑިވިއަނުން ވަނީ މި ދަތުރުތައް ފެށިގެން ދިޔުމާއެކު ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް ވެސް ފަސޭހަކަމާއެކު ހުވަދު އަތޮޅަށް ދިޔުމުގެ ފުރުސަތު މަގުފަހިވާނެ ކަމަށް ބުނެފަ އެވެ.