Last Updated: July 22, 12:00
Wednesday, July 22, 2026
މުނިފޫހިފިލުވުން

ސަނީ ލިއޯނީއާ އެކީ ހިމޭޝް ފިލްމެއް ކުޅެނީ

އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ ހިމޭޝް ރޭޝަމިއާ އާއި ސަނީ ލިއޯން އެކީގައި ފިލްމެއް ކުޅެން ތައްޔާރުވާން ފަށައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ނަން އަދި އިއުލާން ނުކުރާ މި ފިލްމުގެ ޝޫޓިން އަށް ކާސްޓާއި ކްރޫ ވަރަށް އަވަހަށް މަސްކެޓަށް ފުރަން ހަމަޖެހިފައިވާ ކަމަށެވެ.

މީޑއާތަކުން ބުނި ގޮތުގައި މި ފިލްމުގެ ކާސްޓްގައި ނެށުންތެރިޔާ އަދި ޑައިރެކްޓަރު ޕްރަބޫދޭވާ ވެސް ހިމެނޭ ކަމަށެވެ.

ސަނީ ލިއޯން ކުރިން ޕްރަބޫދޭވާއާ އެކީ "ޕެއްޓާ ރެޕް" ކިޔާ ފިލްމެއްގެ ލަވައެއްގައި މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް އަދި މިހާތަނަށް ހިމޭޝްއާ އެކީ ސަނީ މަސައްކަތްކޮށްފަ އެވެ.