Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ސައުތު ރީޖަން ސިމްޕޯޒިއަމްގެ ބައްދަލުވުމެއް ބާއްވައިފި

"ސައުތު ރީޖަން ސިމްޕޯޒިއަމް" ގެ ފުރަަތަމަ ބައްދަލުވުން އައްޑޫގައި ބާއްވައިފި އެވެ.

ސައުތު ޕާމް ރިސޯޓްގައި ބޭއްވި ސިމްޕޯޒިއަމްގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ފާތުމަތު ތައުފީގާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އިސްކޮށް ބައިވެރިވެވަޑައިގެންނެވި އެވެ.

އައްޑޫގެ ޓޫރިޒަމް ދާއިރާގެ ސްޓޭކްހޯލްޑަރުންނާއި އަމިއްލަ ބައެއް ފަރާތްތަކާ އެކީ ބޭއްވި ސިމްޕޯޒިއަމްގައި ‎އައްޑޫގެ އައްސޭރި ޓުއަރިޒަމް މަޝްރޫއާއި އާއި ބަންދުކޮށްފައި އޮޔް ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަލުން ހުޅުވުމާއި އައްޑޫގެ ޓޫރިޒަމް ފުޅާކޮށް ކުރިއަރުވަން ކުރެވެން ހުރި ކަންކަމާ ބެހޭ ގޮތުން ހިޔާލު ހޯދައި މަޝްވަރާތަކެއް ކުރިއަށް ދިޔަ އެވެ.

މީގެ އިތުރުން ގަން އެއާޕޯޓްގެ ކަނެކްޓިވިޓީ އިތުރުކުރުމާ އެކީ ބައިނަލްއަގުވާމީ އެއާލައިންތަކުގެ ދަތުރުތައް އިތުރުކުރުމާ ގުޅޭ ގޮތުން ވެސް ވާހަކަތަކެއް ދެކެވުނެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ މި ސިމްޕޯޒިއަމްގެ ދެވަނަ ބައްދަލުވުން ވަރަށް އަވަހަށް ހުވަދު އަތޮޅާއި ފުވައްމުލައް ހިމަނައިގެން ބާއްވާނެ ކަމަށެވެ.