Last Updated: May 3, 06:00
Friday, May 3, 2024
މުނިފޫހިފިލުވުން

ޝާހިދާއި ކްރިތީގެ ފިލްމު އެމެޒޯން ޕްރައިމަށް

ޝާހިދު ކަޕީރާއި ކްރިތީ ސަންގެ ފިލްމު "ތޭރީ ބާތޯ މޭ އޭސާ އުލް ޖިއާ" އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލައިިފި އެވެ.

ފެބްރިއަރީ މަހުގެ ތެރޭގައި ރިލީޒްކުރި މި ފިލްމަކީ މި ދެ ތަރިން އެކީގައި ކުޅުނު ފިލްމެކެވެ. ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ގެނެސްދިން "ތޭރީ ބާތޯ މޭ އޭސާ އުލް ޖިއާ" ގައި ކްރިތީ ކުޅެފައި ވަނީ ސިފްރާ ކިޔާ ރޮބޮޓެއްގެ ރޯލެވެ. އަދި ފިލްމުގައި ޝާހީދު ކުޅެފައި ވަނީ ރޮބޮޓެއް ދެކެ ލޯބިވުމުން ދިމާވާ ކަންތައްތަކާ ކުރިމަތިލާ މީހެއްގެ ރޯލެވެ.

ބެލުންތެރިންގެ ފަރާތުން ފުދޭ ވަރެއްގެ ތަރުހީބެއް ލިބުނު ފިލްމު ޑައިރެކްޓްކުރީ އަމިތު ޖޯޝީ އާއި އަރާދަނާ ސާހް އެވެ.

"ތޭރީ ބާތޯ މޭ އޭސާ އުލް ޖިއާ" ގެ ކާސްޓްގައި ޑިމްޕަލް ކަޕާޑިއާ، ދަރުމެންދުރާ، ރާކޭޝް ބޭދީ އަދި ރާޖޭޝް ކުމާރު ހިމެނެ އެވެ. މީގެ ހާއްސަ ފެނިލުމެއްގައި ޖާންވީ ކަޕޫރް ވެސް ހިމެނެ އެވެ.