Last Updated: May 6, 06:06
Monday, May 6, 2024
ރިޕޯޓް

ރޯދަ ރަހަ: ކްރޭޕްސް

* ބޭނުންވާ ތަކެތި:

ކްރޭޕްސް ބެޓަ ހެދުމަށް

1 ޖޯޑު ފުށް
2 ސައިސަމުސާ ހަކުރު
¼ ސައިސަމުސާ ލޮނު
2 ބިސް
1 މޭޒުމަތީ ސަމުސާ ދިޔާކޮށްފައި ހުރި ބަޓަރު
3/1 ޖޯޑު ލޫނާ ފުލް ކްރީމް މިލްކް ޕައުޑަރު
¼ 1 ޖޯޑު ފެން

ކްރޭޕްސް ފިހުމަށް

1 މޭޒުމަތީ ސަމުސާ ދިޔާކޮށްފައި ހުރި ބަޓަރު

ތައްޔާރު ކުރާނެ ގޮތް:

1. ކްރޭޕް ބެޓަރ ހެދުމަށް ބޭނުންވާ ހުރިހާ އެއްޗެއް އެއްފަހަރާ މިކްސަރަށް އަޅާފަ 20 ސިކުންތު ވަންދެން ގިރާށެވެ.
2. ގިރާ ނިމުމަށް ފަހު ބޯތަށްޓަކަށް އޭތި ފުރާނާލާށެވެ.
3. ދެން ކުޑަ ތަތްނުލަވާ ތަވައެއް ހޫނު ކޮށްލާށެވެ.
4. ކުޑަ ބަޓަރު ކޮޅެއް ޕޭސްޓްރީ ބްރަޝްއެއް ނުވަތަ އެކަހަލަ އެއްޗަކުން ތަވާގައި ހާކާލާށެވެ. ¼ ޖޯޑު ކްރޭޕްސް ބެޓަރ ތަވަޔަށް އަޅާފަ ވައްކޮށް ތަވާގެ ތެރޭގައި ފަތުރާލާށެވެ.
5. ކްރޭޕް 30 ސިކުންތު ވަދެން ފިހުމަށް ފަހު އަނެއް ފުށަށް ޖަހާފަ އިތުރު 20 ސިކުންތު ވަންދެން ފިހެލާފަ ތަށްޓަކަށް ނަގާށެވެ.
6. ދެން 4 ވަނަ ފިޔަވަޅާއި 5 ވަނަ ފިޔަވަޅު ކްރޭޕް މިކްސް ހުސްވަންދެން ތަކުރާރު ކުރާށެވެ (ކޮންމެ ފަހަރަކުވެސް އަނެއްކާ ކްރޭޕް ބެޓަރ އެޅުމުގެ ކުރިން ތަވާގައި ބަޓަރު ކޮޅެއް ހާކާށެވެ).

ރެސިޕީ: ލޮނުމެދު