Last Updated: July 15, 09:53
Wednesday, July 15, 2026
ޚަބަރު

ޝަހީމް އަލުން އިމާމްވެ ނަމާދު ކުރައްވަނީ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ އަލުން އިމާމްވެ ނަމާދު ކުރައްވަން ފައްޓަވަން ނިންމަވައިފި އެވެ.

ޝަހީމް އިމާމުވެ ނަމާދު ކުރުން މެދުކަނޑާލީ ގިނައިރު ކޮޅަށް ނުހުރެވޭތީ އަވަސް ސާޖަރީއެއް ކުރައްވަން ޖެހިވަޑައިގަތުމުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޝަހީމް މިރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ކުރައްވާނެ ކަމަށެވެ.

ގިނަ އިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެގެން، ޑޮކްޓަރުންގެ ލަފާގެ މަތިން ޝަހީމް އިމާމުވެ ތަރާވީސްކުރުން މެދުކަނޑާލެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

މި ރޯދަ މަހުގައި ޝަހީމް ވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަޝީދު މިސްކިތުގައި އިމާމުވެ ތަރާވީސް ކުރައްވާފަ އެވެ.