Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އަނިޔާ ލިބުނު ކުއްޖާ އަށް ސައިކޯ ސޯޝަލް ސަޕޯޓް

އއ. ރަސްދޫގެ މިސްކިތެއްގައި ބުލީކޮށް، އަނިޔާގެ ޝިކާރަކަށްވި ކުއްޖާ އަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ކުޑަ ކުއްޖަކަށް ބިރުދައްކައި އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައުމާ އެކީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ވެސް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ކުދިން ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެއީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިން ކަމަަށް ބުންޏެވެ.

ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މަންޒަރުތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން ލިބޭނެ ފަދަ މަންޒަރުތަކަކަށްވާތީ ވީޑިއޯ ދައުރު ނުކުރަން އިލްތިމާސްކުރާ ކަމަށެވެ.