Last Updated: May 5, 13:23
Sunday, May 5, 2024
ޚަބަރު

މޯލްޑިވިއަނުން "ތުރޫ ފެއާ" ތައާރަފުކޮށްފި

މޯލްޑިވިއަންގެ ދަތުރުތަކަށް "ތުރޫފެއާ" ތައާރަފުކޮށްފި އެވެ.

އެ އެއާލައިނުން ބުނީ މި ފެއާ އިން ބޭރުގެ ތިން މަންޒިލަކާއި ރާއްޖޭގެ 16 މަންޒިލް ގުޅުވައިލެވޭނެ ކަމަށެވެ.

މޯލްޑިވިއަން އިން ބުނީ އެ އެއާލައިނުން ދަތުރުތައް ބާއްވާ 16 ޑޮމެސްޓިިކް އެއާޕޯޓަކާއި ރާއްޖެއިން ބޭރަށް ދަތުރު ކުރާ ތިން މަންޒިލްތަކަށް އެއް ތަނުން ޓިކެޓު ނެގޭ ގޮތަށް ހިދުމަތް ދެވޭ ތުރޫފެއާ ލޯންޗުކޮށްފައިވާ ކަމަށެވެ. އެ ތިން މަންޒިލަކީ ބަންގްލަދޭޝްގެ ޑާކާ، އިންޑިއާގެ ބެންގަލޫރް އަދި ސްރީ ލަންކާގެ ކޮލަމްބޯ އެވެ.

މި ފެއާ މެދުވެރިކޮށް ދަތުރުތެއް ކޮށް ބުކް ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ. އަދި ވަކިވަކިން އެކި މަންޒިލްތަކަށް ޓިކެޓް ބުކް ކުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބި ދަތުރަށް އިތުރު ލުއިކަމެއް ލިބޭނެ މޯލްޑިވިއަނުން ބުންޏެވެ. ތުރޫފެއާ ބުކިން ހައްދާ ކަސްޓަމަރުންނަށް 5 ޕަސެންޓާ އާ ހަމައަށް ޑިސްކައުންޓު ވެސް ލިބޭނެ ކަމަށާއި އިންޓަނޭޝަނަލް ދަތުރުގައި ލިބޭ މިންވަރަށް ޑޮމެސްޓިކް ދަތުރަށް ވެސް ބެގޭޖު އެލަވެންސް ލިބޭނެ ކަމަށް ބުންޏެވެ.

އަދި ކުރިއަށް އޮތް ތަނުގައި ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ޓްރެވިންޑްރަމާއި ކޮޗިން ދަތުރުތަކަށް މި ފެއާ ތައާރަފު ކުރާނެ ކަމަށް ބުންޏެވެ.

ތުރޫފެއާކޮށް ދަތުރުކުރަން ބުކިންސް ހެދުމަށް ހުޅުވާލާފައިވާއިރު، މޯލްޑިވިއަންގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން އަދި ޓިކެޓިން އޮފީސްތަކުން ބުކިންޒސް ހެއްދޭނެ އެވެ.