Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

އީދަށް ރާއްޖެ ދިއްލައިލުން ހޯމަ ދުވަހުގެ ރޭ

ހިތަދޫ ބޮޑުމަގުގައި ކުލަބޮކި ގިޑިގި ޓެސްޓަކަށް ދިއްލާފައި. ފޮޓޯ/ ސިނާ

ކުރިއަށް އޮތް ފިތުރު އީދު ފާހަގަކުރަން މުޅި ރާއްޖެ ދިއްލައިލާނެ ކަމަށް އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

މާލެ އާއި ބޮޑެތި ރަށްރަށް ކުލަބޮކިތަކުން ދިއްލުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް މިހާރު ދަނީ ކުރިއަށެވެ. އެކަމަށް ބޭނުންވާ ސާމާނު މިނިސްޓްރީން ވަނީ ހުރިހާ ހިސާބަކަށް ވެސް ފޮނުވައިފަ އެވެ.

މިނިސްޓްރީން ބުނެފައި ވަނީ ފިތުރު އީދަށް މަރުހަބާ ކިޔުމުގެ ގޮތުން ހުރިހާ ރަށެއް ވެސް އެއްފަހަރާ ދިއްލައިލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލޭގައި މި ހަރަކާތް ފައްޓަވައި ދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރަށްތައް އީދަށް ބޮކިތަކުން ދިއްލައިލުމާއި އިސްލާމީ ޝިއާރުތައް ފާޅުކުރުމަކީ އިސްލާމީ ސަގާފަތާ އެއްގޮތަށް އީދު ފާހަގަކުރަން ކުރިއަށް ގެންދާ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ.